ޕީއެންސީގެ ކޮންމެ މެމްބަރަކު ދިން 10 ނަން ހިމަނާ, މެޑަމް ސާޖިދާގެ ލިސްޓުވެސް ހިމަނައިގެން އެކުލަވާލި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އަންނަ ހަފްތާގައި އާންމު ކުރަން ސަރުކާރުން ނިންމައިފިއެވެ.
ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާ އާންމު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓްރީން މިހާރު ދަނީ ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި ހުރިހާ ފޯމެއް ރިއިވެލުއޭޓުކުރުމަށް ނިންމާފަ އެވެ. އެގޮތަށް ނިންމާފައި ވަނީ 4،000 ފުލެޓުގެ ހައްގުވެރިންގެ ލިސްޓު ދިރާސާކުރަން އެކުލަވައިލި “ހައުސިން އެޑްވައިޒަރީ ކޮމިޓީ” އާއި މާލެ ސިޓީ ކައުންސިލުން އެކުލަވާލި “ހައުސިން ކޮންސަލްޓެޓިވް ކޮމިޓީ” އަށްވެސް ކުރީ ސަރުކާރުން އެކުލަވައިލި ލިސްޓަކީ ރަނގަޅަށް އެކުލަވައިލި ލިސްޓެއް ކަމުގައި ގަބޫލުނުކުރެވޭތީ ކަމަށް ބުނެއެވެ.ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ނިންމައި، ވަގުތީ ލިސްޓު އަންނަ ހަފްތާ އިއުލާނު ކުރައްވާނެ ކަމަށެވެ. އޭގެ ފަހުން ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވައިލާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ނިންމާލުމަށްފަހު މިއަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކުރައްވާނެ ކަމަށެވެ.“ވަގުތީ ލިސްޓަށް ޝަކުވާގެ ފުރުސަތު ވެސް ހުޅުވާލާފައި، އެމަސައްކަތް އެއްކޮށް ނިންމާފައި އިރާދަކުރެއްވިއްޔާ ފްލެޓްތައް ހަވާލުކުރާނަން މިއަހަރު ނިމުމުގެ ކުރިން،” މިނިސްޓަރު ވިދާޅުވި އެވެ.ގެދޮރުވެރިޔާ ސްކީމުގެ ދަށުން 15،000 އަށްވުރެ ގިނަ ފަރާތުންވަނީ ފުލެޓު ހޯދުމަށް ހުށަހަޅާފަ އެވެ. އެއިން 9،000 މީހުން ފުލެޓަށް ޝަރުތު ފުރިހަމަވާކަމަށް އެމްޑީޕީ ސަރުކާރުގައި ނިންމި އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅަމުންދާ 4،000 ފުލެޓުގެ ހައްގުވެރިންގެ ލިސްޓެއް ވެސް އެއިރު އާންމުކުރި އެވެ.ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު, އޭސީސީއަށް ނުފޫޒު ފޯރުވައިގެން, އެ 4،000 ފުލެޓުގެ ހައްގުވެރިން ކަނޑައަޅައި އާންމުކުރި ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން އޭސީސީން ފާހަގަކުރުމާއެކު، އެ ފަރާތްތަކަށް ފުލެޓު ދޫކުރުން މެދުކެނޑިގެން ދިޔަ އެވެ. އެއަށްފަހު މި ސަރުކާރުން އެ ލިސްޓު އިވެލުއޭޓުކުރުމުގެ މަސައްކަތް ފެށި އެވެ. އަދި ފެހުން ކަށަވަރު ކުރެވުނު ގޮތުގައި އާ ލިސްޓް ނެރެނީ ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ކޮންމެ މެމްބަރަކު ދޭ 10 ނަމެއް ލިސްޓުގައި ހިމަނާ އަދި މެޑަމް ސާޖިދާ ދިން ލިސްޓުވެސް 4000 ފްލެޓް ލިސްޓް ލިބޭ މީހުންގެ ތެރޭގައި ހިމަނައިގެންނެވެ.
އެނގިފައިވާ ގޮތުގައި އަންނަ ހަފްތާގައި ނެރޭ ލިސްޓުގެ %80 ވަނީ ބަދަލު ގެނެސްފައެވެ.
ޕީއެންސީގެ ކޮންމެ މެމްބަރަކު ދިން 10 ނަން ހިމަނާ, މެޑަމް ސާޖިދާގެ ލިސްޓުވެސް ހިމަނައިގެން އެކުލަވާލި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އަންނަ ހަފްތާގައި އާންމު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ