ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް ކުލަބާއި ޒެފްރޯލް އިން ހޯދައިފިއެވެ.
ރޭ ކުޅުނު ފިރިހެން ފުރަތަމަ ޑިވިޝަންގެ ފައިނަލް މެޗުން ތުޅާދޫ ޔަންގް އީގަލް މޮޅުވީ އޮޑި ސްޕޯޓްސް ކުލަބު އަތުން 18-16 ގެ ނަތީޖާއަކުންނެވެ. ފައިނަލުން ތުޅާދޫ ޔަންގް އީގަލް ޖާގަ ހޯދާފައިވަނީ ސެމީ ފައިނަލް މެޗުގައި ބުރު ސްޕޯޓްސް ކުލަބު އަތުން 23-28 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި އޮޑި ސްޕޯޓްސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް މެޗުގައި ސޯލްޓީޒް އަތުން ފަސޭހަކަމާއެކު 25-14 ނަތީޖާއަކުން މޮޅުވެގެންނެވެ.
މީގެ އިތުރުން މި މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ޒެފްރޯލް އިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އިސްލޭނޯ ސްޕޯޓްސް ކުލަބު އަތުން 19-9 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ފައިނަލުން ޒެފްރޯލް ޖާގަ ހޯދާފައިވަނީ ސެމީ ފައިނަލް މެޗުގައި 15-22 ގެ ނަތީޖާއަކުން ހުޅުމާލޭ ޔޫތު ކުލަބު ބަލިކުރުމަށްފަހުއެވެ. އަދި އިސްލޯނޭ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް މެޗުގައި ހިޔާ ސްޕޯޓްސް ކުލަބު އަތުން 11-14 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި އަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމެއް ވާދަކުރިއިރު، މި ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ފިރިހެން ދެވަނަ ޑިވިޝަނުގައި 16 ޓީމެއް ވާދަކުރިއިރު، އެ ޑިވިޝަނުގެ މެޗުތައް ގެންގޮސްފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.
މާލެ ހޭންޑްބޯޅަ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ޖީބީ ސްޕޯޓްސް ކުލަބުން ހޯދިއިރު، އަންހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރެޑްހޯކްސް އިންނެވެ.
ގައުމީ ހޭންޑްބޯޅަ މުބާރާތް: ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ތުޅާދޫ އާއި ޒެފްރޯލްއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ