ޖެންޑަރ މިނިސްޓަރަށް: ލާހޫރެންޏާ ކަނަށްވެސް ގޮވާނެ!

އައިޝަތު ޝިހާމެވެ. މުއިއްޒު ސަރުކާރަކީ ކަނަކު އިޝާނަމާދަށް ދާނެން ލާހޫރޭ ސަރުކާރެކޭ ބިނުމުން ތިޔަ ހިތުގައި ޖެހުނީ މާވަރަކަށެވެ. ލާހޫރޭންޏާ ލާހޫރޭކަން މިސާލު ޖަހާ މީހުން އެވާހަކަ ނުދައްކާނެ ގޮތަކީ ނެތް ގޮތެކެވެ. ލޯފަން މީހުންނާ ގުޅުވައިގެން ޖަޒްބާތުގައި ޖެހުނަކަސް އެޒާތުގެ މަޖާޒީ މިސާަލަކީ ނުކުޅެދުން ތެރިންނަށް ކުޑައިމީސް ކުރަނީ ކަމަށް ދައްކައިގެން ފޯކަސް ބަދަލުކުރަން ނޫޅޭށެވެ. އެކަމެއް ނުވާނެއެވެ. 
ވާހަކަ ދެއްކުމާއި ލިޔުމުގައި މަޖާޒީ މިސާލުޖެހުމަކީ ދުނިޔޭގައި އައުކަމެއް ނޫނެވެ. އިނގިރޭސި ބަހާ އެހެނިހެން ކުރިއަރާައިވާ ބަސްތަކުގައިވެސް އެޒާތުގެ މަޖާޒީ މިސާލުބަސް ނިކަން ގިނައެވެ. އެއިން ބަހެއް މީހަކު ބޭނުން ކުރާ ކޮންމެ ފަހަރަކު ބައެއްގެ އިންސާނީ ކަރާމާތް ގެއްލިގެން ބަޔަކު ހިރުވައިގަނެގެނެއް ނޫޅެއެވެ.
މަޝްހޫރު އިނގިރޭސިބަހުގެ މުހާވިރާތަކުގެ ބައެއް މިސާލު ދެކި ބަލާށެވެ. " ލޯކަނު މީހުންގެ ރަސްކަމެއްގައި އެއްލޮލަށް ފެންނަ މީހާއީ އެމީހުންގެ ރަސްގެފާނެވެ." ހަމަ އެހެން " ތަސައްވުރެއް ނެތް މީހަކީ ކަނު މީހެކެވެ." އަނެއްކާ " ލޯތްބާ ޖެހުމުން ގިނަ ފަހަރަށް އެންމެންނަކީ ވެސް ކަނު ބައެކެވެ" މިހެންވެސް ބުނެ އުޅެއެވެ. މި ޒާތުގެ މިސާލުބަސްތައް ބޭނުން ކުރުމުން ނުކުޅެދުންތެރިންނަށް ފުރައްސާރަ ކުރުމަށްވެގެން ވަރުގެ ކޮޅަށް ބަޔާން ނެރެ ބަޔަކު ކަންބޮޑުކޮށް އުޅޭތީއެއް ނުފެނެއެވެ.  
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ ނަމުގައި ބަޔާން ނެރެ ސިޔާސީ ގޮތުން ތިޔަހެންދޭ އިންޒާރަކަށް ބިރުން ބޮނދާ ތިބޭ ބަޔަކަށް އެމްޑީޕީ ހެދިދާނެ ކަމަށް ހީވަނީ ހެއްޔެވެ. ގާނޫނުގެ އެކި މާއްދާ ދައްކައިގެން ބިރުދައްކައިގެން ސަރުކާރަށް ފާޑުކިޔުން ހުއްޓުވިދާނެ ކަމަށް ހީކުރެވުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަމެވެ. 
ކީރިތި ގުރުއާންގެ ބަގަރާ ސޫރަތުގެ 18 ވަނަ އާޔަތްވެސް ނުދެކެން ހެއްޔެވެ. އެ އާޔަތުގައި ހައްދަވާ ގެންގުޅުއްވާ އިލާހު މުސްތަހުޒިއުން ސިފަކުރައްވާ މިސާލު ޖައްސަވާފައި އެއޮތީ ތިޔަ ބުނާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ސިފަތަކަކުން ނޫން ހެއްޔެވެ. މުތަހުޒިއުންނަކީ ކަނު ބީރު މަންމަން ބައެއްގެ ގޮތުގައި މިސާލު ޖައްސަވާފައި އޮތްކަން ނޭނގޭ ހެއްޔެވެ. ފަހަރެއްގައިވެސް އެއިއްޔަކީ ނުކުޅެދުންތެރިންނަށް އޮތް ކުޑައިމީސްކުރުމުގެ ވަހީ ބަސްފުޅެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ