ވިއްސާރަވުމުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކަރަންޓްގެ ވިޔުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މެދުކަނޑާލާފައި އޮތުމަށް ފަހު މާދަމާ އަނެއްކާވެސް އެ މަސައްކަތް ފަށަން ނިންމާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ފަށާނީ މާދަމާ ހެނދުނު ކަމަށެވެ.
އެގޮތުން ފުރަތަމަ މަސައްކަތް ފަށާނީ، މާލެ ސިޓީ، ހަނދުވަރީ ހިނގުން، އަމީނީ މަގު، ބުރުޒު މަގު، ޢިއްޒުއްދީން މަގު އަދި ދިލްބަހާރު ހިނގުން ހިމެނޭ ސަރަޙައްދުގައި ކަމަށެވެ.
އެހެންކަމުން މާދަމާ ހެނދުނު 09:30އާއި 10:15އާ ދެމެދު އެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެެވެ.
އެ ކުންފުނިން ބުނީ، މާދަމާ މެންދުރުފަހު 14:00 އާއި 15:00 އާއި ދެމެދު މާލެ ސިޓީ، ކަނބާއައިސާރަނި ހިނގުން، ބްލޫކިޔާ މަގު، ޝަހީދު އަލީ ހިނގުން، މުރަނގަ މަގު އަދި ބުރުޒު މަގު ހިމެނޭ ސަރަހައްދުގައިވެސް ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށެވެ.
އަދި އެ މަސައްކަތް ކުރިޔަށްދާ ވަގުތު އެ ސަރަހައްދުންވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ވަނީ، އެ މަސައްކަތްތައް ކުރިޔަށްދާއިރު، އެކުންފުނިން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ