"ރަހުމަތުގެ މޫސުން" ނަމުގައި ފޯކައިދޫގައި ބާއްވާ ބޮޑުދަރުސް މިރޭ

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން "ރަހުމަތުގެ މޫސުން" މި މައުލޫއަށް ށ.ފޯކައިދޫގައި ބާއްވާ ބޮޑުދަރުސް މިރޭ އޮންނާނެއެވެ.
މި ދަރުސް އަކީ ފޯކައިދޫ ޕޮލިސް ސްޓޭޝަނާއި އެ ރަށު ކައުންސިލާއި މުއައްސަސާތަކާއި ޖަމިއްޔާތަކާއި، އެ އަތޮޅު ކައުންސިލާއި ޑަބްލިޔު.ޑީ.ސީއާއި އާއްމު ބައެއް ފަރާތްތައް ގުޅިގެން ފޯކައިދޫގައި ބާއްވާ ދަރުސެކެވެ.
މިރޭ 20:45 ގައި ފޯކައިދޫ ބޯޅަދަނޑު ހުޅަނގުފަރާތު ހުސްބިމުގައި ބާއްވާ މި ދަރުސަށް އަވައްޓެރި ރަށްރަށުން ބައިވެރިވާން ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފޯކައިދޫ ކައުންސިލުން ވަނީ ދައުވަތު އަރުވާފައެވެ.
މި ދަރުސްގައި ނަސޭހަތް ދެއްވާނީ ސެއިހް އަހްމަދު ސަމީރާއި، ސެއިހް އިބްރާހީމް ރާފިއުއެވެ.
ތިން ދުވަހުގެ މުއްދަތަށް އެ ރަށުގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން އިއްޔެވަނީ މިސްކިތުގައި ދަރުސް ބާއްވާފައެވެ. އަދި ފޯކައިދޫ ސްކޫލުގެ ބެލެނިވެރިންނަށް ވެސް ވަނީ ދަރުސް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގައި ހިމެނިގެން މާދަމާ އޮންނާނީ ފޯކައިދޫ ސްކޫލުގެ ދަރިވަރުންނަށް ބާއްވާ ނަމާދު ކޭމްޕެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ