މޫސުން ގޯސްވުމުގެ ސަބަބުން މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން ފަސްކޮށްފި

މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން، މޫސުން ގޯސްވުމުން ފަސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވާ ޝަރަފުގެ ހިނގާލުން ފަށަން އޮތީ، މިއަދު  ހަވީރު 16:15 ގައި ބަންޑާރަކޮށިންނެވެ.
އެހެން ނަމަވެސް، އެމްއެންޑީއެފް އިން މިއަދު އެކްގައި ކުރި ޕޯސްޓެއްގައި ވަނިީ މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރެވިފައިވާ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކުރެވިފައިވާކަން އަންގާފައެވެ. 
Advertisement
މިނިވަން ދުވަސް ފާހަގަ ކުރަން މިއަހަރު ކުރިއަށް ގެންދަން ރާވާފައި އޮތީ ޝަރަފުގެ ހިނގާލުމުގެ އިތުރުން މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ އެކަންޏެވެ. ޝަރަފުގެ ހިނގާލުން ކެންސަލް ކުރިނަމަވެސް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިރޭ އޮންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވާ ޝަރަފުގެ ހިނގާލުން ފަށާނީ، ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ބަންޑާރަކޮށިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ