ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އަބްދުﷲ ވަހީދު

މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި 32 އަހަރު މަސައްކަތްކުރި އަބްދުﷲ ވަހީދު އެ ސާވިސްގެ ޑެޕިއުޓި ކޮމިޝަނަރު ކަމަށް އައްޔަންކުރައްވައިފި އެވެ.އޭނާއަށް އެ މަގާމަށް އައްޔަންކުރީ ނިމިދިޔަ މަހުގެ 27ވަނަ ދުވަހެވެ.މަގާމު ރަސްމީކޮށް ހަވާލުކޮށްފައި ވަނީ މިއަދު އެ އިދާރާގައި ބޭއްވި ހާއްސަ ހަފްލާއެއްގެ ތެރެއިންނެވެ. އޭނާއަށް ރޭންކް ނިޝާން ހަވާލުކޮށްދެއްވީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއުއެވެ.ކަސްޓަމްސްގައި ޑެޕިއުޓީ ކަމިޝަރުންގެ ގޮތުގައި ދެ ބޭފުޅަކު ތިއްބަވައެވެ. ދެން ހުންނަވަނީ މަޙްމޫދު ރިޔާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ