އެއަރޕޯޓްތައް ތަރައްގީކުރާނެ ރަށްތައް ރައީސްގެ ޤަރާރަކުން ކަނޑައަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން އެއަރޕޯޓްތައް ތަރައްގީކުރާނެ ރަށްތައް ކަނޑައަޅުއްވައިފިއެވެ.
މި ޤަރާރަކީ ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި އެ މަޝްރޫއުތައް ހިންގުމަށް މަދުވެގެން ކުރަން ޖެހޭ އިންވެސްޓްމަންޓް ހާމަކުރައްވާ ނެރުއްވި ޤަރާރެކެވެ.
* ހއ. ދިއްދޫ* ށ. ދިގުވެލި* ށ. މިލަންދޫ* ނ. ވިހަފަރު* ރ. ފައިނު* އއ. މަތިވެރި* ފ. ނިލަންދޫ* ގއ. މާޅެންދޫ
* ތ. ގުރައިދޫ
މީގެ އިތުރުން ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް ތަރައްގީ ކުރުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި ގއ. ވިލިނގިއްޔާއި ތިނަދޫ ސިޓީގައި އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށްވެސް ވަނީ ޤަރާރުގައި ހިމަނުއްވާފައެވެ.
އެއަރޕޯޓު މިހާރު އޮތް ރަށްތަކުގެ ތެރެއިން އެތަންތައް އިތުރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓުތަކުގެ ތެރޭގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ފުނަދޫ، ދަރަވަންދޫ، ކުޅުދުއްފުށި، ފުވައްމުލައް ސިޓީ، މާވަރުލު އެއަރޕޯޓް ހިމެނެއެވެ. އަދި މިހާރު ތަރައްގީ ކުރަމުން އަންނަ މަކުނުދޫ، އަލިފުށި، މުލި، ބިލެތްފަހި، ތުޅާދޫ، ވިލުފުށި އެއަރޕޯޓުގެ މަސައްކަތް ނިންމުންވެސް ރައީސްގެ ގަރާރުގައި ވަނީ ހިމަނުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ