ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރަބަރުގަސް މަގުގައި ހުރި އިމާރާތަކަށް ބާރު ގުގުރިއަކާއެކު ހޮނު އެޅުމުގެ ސަބަބުން، އެ ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ހޮނު އެޅި ވަގުތު އިވުނު ބާރު އަޑާއެކު އެ ސަރަހައްދުގެ ގިނަ ގޭބިސީތަކަކުން ވަނީ ކަރަންޓު ގޮސްފައެވެ. އަދި ހޮނު އެޅި އިމާރާތުގެ ބަޔަކަށް ގެއްލުންވެ، ބައިތަކެއް ވެއްޓުނެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މެޓް އޮފީހުން ވަނީ ރީނދޫ ސަމާލު ނެރެފަ އެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
ހުޅުމާލޭގެ އިމާރާތަކަށް ހޮނުއެޅުމުގެ ސަބަބުން އެ ސަރަހައްދުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ