ޒަމީރު ވެރިކަމަށް އައުމަށް މަސައްކަތް ކުރާކަމަށް ބުނެ ފަތުރަނީ ދޮގެއް: ރިޔާޒް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެރިކަމަށް އައުމަށް މަސައްކަތް ކުރާކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގުވާހަކައެއް ކަަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާޒް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރިޔާޒް މިހެން ވިދާޅުވީ މޫސާ ޒަމީރު ވެރިކަމަށް އައުމަަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ނޫހަކުން ފެތުރު ވާހަކަތަކާއި ގުޅިގެންނެވެ.
ނަމަވެސް މިނިސްޓަރު ޒަމީރުގެ އާއިލީ ބޭފުޅެއް ކަމަށްވާ ރިޔާޒް ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. ރިޔާޒް ވިދާޅުވީ މިނިސްޓަރަކީ ޒަމީރު ދުވަހަކު ވެސް ވެރިކަމަށް ޝައުގުވެރިވާނެ ބޭފުޅެއް ނޫން ކަމަށެވެ.
"ތިއީ ފިތުނަ އުފައްދަން ބަޔަކު ފަތުރާ ބުހުތާނު ދޮގު ވާހަކައެއް.
މިއީ މިއަދު މޫސާ ޒަމީރު ކުރައްވާ މަސަކަތްޕުޅާ ހޯދާ ކާމިޔާބީ ފެނި ހަސަދަވެރިވާ ބަޔަކު ފަތުރާ ދޮގު ވާހަކައެއް," ރިޔާޒް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ