ކުޅުދުއްފުށީގައި ރަޖިސްޓްރީވެގެން ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޖަމިއްޔާތަކަކަށް ހެދުމަކީ ވަރަށް ބޮޑު އުންމީދެއް ކަމުގައި ޕީއެންސީ ފަރާތުން ކުޅުދުއްފުށީ މޭޔަރު ކަމަށް ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް ހަސަން (ކުޑަ އިއްބެ) ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ޕީއެންސީ ސޯޝަލް މީޑިއާއިން އިއްބެ އާންމުކޮށްފައިވާ ވީޑިއޯގައި ވިދާޅުވީ އިޖްތިމާއީ ގޮތުން ހަރަކާތްތެރިވާ ވަރަށްގިނަ ޖަމިއްޔާ، ޖަމާއަތްތަކެއް ކުޅުދުއްފުށީ ސިޓީގައި ރަޖިސްޓްރީވެފައިވާކަމަށެވެ.
މި ޖަމިއްޔާތަކަކީ ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ އަދި މިހާރުވެސް ކުރަމުންދާ ޖަމިއްޔާތަކެއް،ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޖަމިއްޔާތަކުގެ މަސައްކަތްތަކުގެ އިތުރުން ރަށުގެ ފެންވަރުގައިތުރުން އަތޮޅުގެފެންވަރުގައި އަދި ގައުމީ ފެންވަރުގައި ރަށާއި ޖަމިއްޔާ ތަމްސީލް ކުރުމަށް އެކި އެކި މުބާރާތްތަކުގައި އެ ޖަމިއްޔާތައް ވާދަކުރާކަމަށެވެ.
މި ޖަމިއްޔާތަކުގެ ހިންގުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން، މި ޖަމިއްޔާތަކުގެ މާލީ ފުދުންތެރިކަން އިތުރުކޮށް އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޖަމިއްޔާތަކަކަށް މި ޖަމިއއޔާތަށް ހެދުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އުންމީދެއް."
އިއްބެ ވިދާޅުވީ ނަމަވެސް މި ޖަމިއްޔާތަކުގެ ހިންގުމަށް އޮތް އެންމެ ބޮޑު ދަތިކަމަކީ މާލީ ދަތިކަންކަމުގަ އެވެ. އެހެންކަމުން ޖަމިއްޔާތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަކީ ވަރަށް ބޮޑު އުންމީދެއް ކަމުގަ އެވެ.
ޖަމިއްޔާތަކަކީ ފުދުންތެރި ޖަމިއްޔާތަކަކަށް ހެދުމަކީ އުންމީދެއް: ކުޑަ އިއްބެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ