ނޭޓޯގެ ދިފާއުގައި އެމެރިކާ އޮންނަން ނުޖެހޭނެ: ޓްރަމްޕް

އެތަނުގައި ތިބި މީހުންނާ މުހާތަބުކޮށް ޓްރަމްޕް ބުނީ، "އަހަރެމެން އަބަދުވެސް މިދިޔައީ އެމީހުންނަށް އެހީތެރިވަމުން، އެކަމަކު މިހާރު އެމީހުންގެ އަމަލުތައް ހުރިގޮތުން އަހަރެމެން އެހީވާކަށް ނުޖެހޭނެ ނޫންހޭ" އެވެ.
ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އަކީ 1949 ވަނަ އަހަރު، އެމެރިކާއާއި ވިލާތުގެ ގައުމުތައް ގުޅިގެން އުފެއްދި އަސްކަރީ އިއްތިހާދެކެވެ. މި އިއްތިހާދުގެ އެންމެ މުހިންމު އެއް އަސާސަކީ، މެމްބަރު އެއް ގައުމަކަށް ދޭ ހަމަލާއަކީ ހުރިހާ ގައުމަކަށް ދޭ ހަމަލާއެއް ކަމަށް ބަލައި، އެއްބަޔަކު އަނެއްބަޔަކު ދިފާއުކުރުމަށް އެއްބަސްވެފައިވާ 'އާޓިކަލް 5' އެވެ. ނަމަވެސް، ޓްރަމްޕް އޭނާގެ ވެރިކަމުގައި ގެންގުޅޭ "އެމެރިކާ ފަސްޓް" (އެމެރިކާ ފުރަތަމަ) ސިޔާސަތުގެ ދަށުން، ވިލާތުގެ ގައުމުތަކުން ދިފާއީ ކަންކަމަށް ކުރާ ހޭދަ ކުޑަކަމަށް ބުނެ އޭނާ އަންނަނީ ތަކުރާރުކޮށް އެ ގައުމުތަކަށް ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ