ސައުދީ އަރަބިއާގެ ސައުދިއާ އެއާލައިނުން ރާއްޖެއަށް އުދުހުންތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފިއެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން އިއްޔެ އައި ސައުދިއާގެ ފްލައިޓް, SV838ގެ ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އަދި އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ.
ސައުދިއާއިން އައި ފަތުރުވެރިންނަށް ހަދިޔާދިނުން.. ފޮޓޯ: އެމްއޭސީއެލް
ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 30
މާރިޗު 2016 ގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލުން ބުނީ، ސައުދިއާ
އިން ރާއްޖެއަށް ފާއިތުވި އަހަރު 10ގައި ދަތުރު ކޮއްފައި ވާއިރު މިކަމުގެ ސަބަބުން
ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި ސައުދީ އާއި ދެމެދު އޮންނަ ގުޅުން
އިތުރަށް ހަރުދަނާ ވެގެން ގޮސްފައިވާކަމަށެވެ.
ސައުދިއާ އެއާލައިނަކީ ރާއްޖެއަށް ވަރަށް މުހިންމު އެއާލައިނެކެވެ. އެގޮތުން ރާއްޖެއިން ހައްޖަށް އަދި އުމްރާއަށްދާ ދިވެހިން ގެންދިއުމުގައި ސައުދިއާއިން ދެމުންދާ އެއްބާރުލުން ފާހަގަކޮށްލެވެއެވެ.
ސައުދިއާގެ އުދުހުންތައް ރާއްޖެއަށް ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ