ޤާނޫނު ނަންބަރު 2025/27 (ޒަކާތުގެ ޤާނޫނު)ގެ ދަށުން "މޯލްޑިވްސް ޒަކާތު ހައުސް" ގާއިމުކުރެއްވުން (ދެންނެވުން ނަންބަރު: 2026/1)

ޤާނޫނު ނަންބަރު 2025/27 (ޒަކާތުގެ ޤާނޫނު)ގެ 11ވަނަ މާއްދާގެ (ހ)ގެ ދަށުން "މޯލްޑިވްސް ޒަކާތު ހައުސް" މިއަދު ގާއިމުކުރައްވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
       ޤާނޫނު ނަންބަރު 2025/27 (ޒަކާތުގެ ޤާނޫނު)ގެ ދަށުން މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކުރެއްވުމާ ގުޅިގެން، މިހައިތަނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންއައި މޯލްޑިވްސް ޒަކާތު ހައުސް، މިއަދުން ފެށިގެން އުވައިލައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
       ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ޤާނޫނު ނަންބަރު 2025/27 (ޒަކާތުގެ ޤާނޫނު)ގެ ދަށުން ގާއިމުކޮށްފައިވާ މޯލްޑިވްސް ޒަކާތު ހައުސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންއައި މޯލްޑިވްސް ޒަކާތު ހައުސްއަށް ހަމަޖައްސަވައިފައިވާ ނަންބަރު 496 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ