ދިރާގުން ދޭ ފުރަތަމަ ލޯންޗުގެ ނަސީބުވެރިޔާ ހޮވުން ހުޅުމާލޭ ބީޗަށް ބަދަލުކޮށްފި

ދިރާގުގެ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ ލޯންޗު ލިބޭ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތު ނެގުމަށް ބާއްވާ ހާއްސަ ހަރަކާތް ބާއްވާ ތަން ހުޅުމާލެ ފޭސް 2ގެ ދިރާގު ބީޗަށް ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މާދަމާ ކުރިއަށްގެންދާ މި ހަރަކާތް ކުރިން ބާއްވަން ނިންމީ ސެންޓްރަލް ޕާކުގަ އެވެ. ނަމަވެސް، ދިރާގުން ރޭ ބުނި ގޮތުގައި، އެ ހަރަކާތް ބާއްވަން މިހާރު ނިންމާފައިވަނީ ހުޅުމާލެ ފޭސް 2ގެ ދިރާގު ބީޗުގަ އެވެ.
ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި ލަކީޑްރޯ ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4 އިން ފެށިގެންނެވެ. މި ހަރަކާތުގައި ޑީޖޭ މީކާގެ ހުށަހެޅުމެއްގެ އިތުރުން ކުޑަކުދިންގެ މެދުގައި މަޝްހޫރު ރޮބޯމޭން ވެސް ފެނިގެންދާނެ އެވެ.
ތަފްސީލް - މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދެނީ:
އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗު
މިއީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ލޯންޗެއް 
ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް ހިމެނޭ
'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން، ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އާ ލޯންޗެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގެ ލޯންޗު ހޯދުމުގެ ފުރުސަތު އިތުރުކުރެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން:
ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450ރ. ނުވަތަ އެއަށް ވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށް ވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. ނުވަތަ އެއަށް ވުރެ މަތިން ބިލު ދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށް ވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވެވޭނެ
ދިރާގު ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް އަންނަ މާޗުގެ ނިޔަލަށް އެންރޯލްކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ