މިފްކޯގެ ސީއީއޯގެ މަގާމުން ފަރުހަތު އިސްތިއުފާ ދެއްވައިފި
ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯގެ މަގާމުން ފަރުހަތު ޝަހީރު މިއަދު އިސްތިއުފާ ދީފި އެވެ. ފަރުހަތު އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާރިޗް މަހުގެ ފަސް ވަނަ ދުވަހު އެވެ. ނަމަވެސް އޭނާ މިއަދު މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.އޭނާ އެ މަގާމަށް އައްޔަނުކުރީ މީގެ އަހަރަކަށްވުރެ ގިނަ ދުވަސް ކުރިން މާޗު 2025، ގަ އެވެ. އޭނާ އެ މަގާމާ ހަވާލުވީ އެ ކުންފުންޏާ ހަވާލުވި ފުރަތަމަ ބޭރު ސީއީއޯ ކަމަށްވާ ޑރ. ވިޓަލީ ލިއުބިމޯވް ވަކިކުރުމުންނެވެ.މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕާޓީއަށް ލިބުނު ނާކާމިޔާބީއަށްފަހު ސަރުކާރުގެ އިސް މަގާމުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ވެސް ވަނީ މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ