އީ ޕެޓިޝަން ޕޯޓަލަށް ހުށަހަޅާ ޕެޓިޝަންގައި ސޮއިކުރަން ހުޅުވާލާނީ ޝަރުތު ހަމަވޭތޯ ބަލާފައި: މަޖިލިސް

މިދިޔަ އާދިއްތަ ދުވަހު މަޖިލީހުން އިފްތިތާހުކުރި، އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ- ޕެޓިޝަން ޕޯޓަލް)އަށް ހުށަހަޅާ ޕެޓިޝަންތަކުގައި ސޮއިކުރުމަށް ހުޅުވާލާނީ، ޝަރުތުތައް ހަމެވޭތޯ ބެލުމަށް ފަހުގައި ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފިއެވެ. މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ ޕޯޓަލްގައި ޕެޓިޝަނެއް އާންމުކުރުމަށް ބޭނުންވާނީ، ފަސް ސޮއި ކަމަށެވެ. އެ ސޮއިތައް ހަމަވުމުން، ޕެޓިޝަން ތައްޔާރުކުރި މީހާ، ޕޯޓަލްގައި ޕެޓިޝަން އާންމުކުރަން ބޭނުންވާނަމަ އެކަމަށް އެދެން ޖެހެނީ، އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށެވެ. އެގޮތަށް އެދުމުން، މަޖިލީހުގެ ގަވައިދުގެ ދަށުން ޕެޓިޝަން ކޮމިޓީއަށް ހަމަޖައްސާފައިވާ މުވައްޒަފުން، އެ ޕެޓިޝަނެއްގައި މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވޭތޯ ބަލާނެ ކަމަށް އެ ބަޔާނުގައިވެއެވެ. ސޮއިކުރަން ހުޅުވާލާނީ، އެއަށް ފަހުގައި، ޝަރުތުތައް ހަމަވާނަމަ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. އެ އިދާރާއިން ވަނީ، ޕެޓިޝަނެއްގައި ސޮއިކުރުމުގެ ކުރިން ޕޯޓަލްފައި ޝާއިއުކޮށްފައިވާ ޕެޓިޝަންތަކުގެ ތެރެއިން ސޮއި ހޯދަމުންދާ ޕެޓިޝަންގެ ތެރޭގައި އެ ޕެޓިޝަނެއް އާންމުކޮށްފައިވޭތޯ ކަށަވަރުކުރަން އެދިފައެވެ. އޭގެއިތުރަށް، އެ ޕެޓިޝަންގެ މަރުހަލާތަކާ ގުޅޭގޮތުން އެ ޕެޓިޝަނެއް ހުށަހަޅާ ފަރާތުން އަމަލުކުރަން ޖެހޭ ގޮތް ކިޔައިދޭނީ، އީފާސްގައި ރަޖިސްޓްރީކޮށްފައިވާ މެއިލް މެދުވެރިކޮށް ކަމަށްވާއިރު، އެ ގޮތަށް އަމަލުކުރަން މަޖިލީހުން ވަނީ އެދިފައެވެ. https://sun.mv/217798 ފާހަގަކުރެވޭ ގޮތުގައި، މިހާތަނަށް އެ ޕޯޓަލް މެދުވެރިކޮށް ދެ ޕެޓިޝަނެއް ވަނީ ހުށަހަޅާފައެވެ. އެއީ، އާންމު ތަންތަނުގައި ބިކިނީގައި އުޅޭނަމަ ފިޔަވަޅު އެޅުމަށާއި ރާއްޖޭގައި 16އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ގޮވާލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ