މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. ދިމާވީ ވަކި ކޮން މައްސަލައެއްކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ، މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިރޭ މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެންޑިފައިވާ އިރު، މީގެ ދެ ހަފްތާ ކުރިން ވެސް މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ.
އަދި އިއްޔެ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާއިރު، އޭރު ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން ކަރަންޓު ކޭބަލްތަކަށް ގެއްލުންވުމާ ގުޅިގެން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ހޮނިހިރު ދުވަހު ކަރަންޓު ކެނޑިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 5، 6، އަދި 7 ގެ އިތުރުން، ވިނަރެސްގެ 10 ޓަވަރާއި، އަމާން ދޯދި 12، 13، 14، 15، އަދި 16 ވަނަ ޓަވަރުންނެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް 5 އަދި 6 ވަނަ ޓަވަރާއި، އެމްޕީއެލް ޓަވަރުތަކުންވެސް ވަނީ ކަރަންޓު ކެނޑިފައެވެ. ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް ކަރަންޓު ނުލިބި 3 ގަޑިއިރަށްވުރެ ގިނަ ވަގުތު ނެގިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މާފަންނުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ