ގަން އެއާޕޯޓުގައި މެޓް އޮފީހަށް ހާއްސަ އިމާރާތެއް އަޅަނީ

އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއާޕޯޓްގައި މޯލްޑިވްސް މޫސުމާބެހޭ ޚިދުމަތް (މެޓްމޯލްޑިވްސް) ގެ އާ އިމާރާތެއް އެޅުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން، ގަން އެއާޕޯޓްގައި މެޓް އޮފީހަށް ޚާއްސަ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައިވަނީ، މޫސުމާ ބެހޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ޒަމާނީ ކުރުމުގެ ބޭނުމުގަ އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ މި މަޝްރޫޢަކީ ރާއްޖޭގެ ކުރިން އަންގަންޖެހޭ ކަންކަމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިއްމު ބައެއް ކަމަށެވެ.
މިއީ މޫސުމީ މައުލޫމާތު ދިނުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ މައުލޫމާތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި މި މަސައްކަތުގެ ސަބަބުން ގަން އެއާޕޯޓާއި، އައްޑޫ އަދި ދެކުނުގެ އަތޮޅުތަކުގެ މޫސުމާބެހޭ މައުލޫމާތު އިތުރަށް ސީދާކޮށް، އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ