ޕީއެންސީގެ އެސްޖީގެ މަގާމަށް މޫސާ ފަތުހީ އައްޔަންކޮށްފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް -- ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް މޫސާ ފަތުހީ އާދަމް އައްޔަނު ކުރައްވައިފި އެވެ.އެ ޕާޓީން މިއަދު ވަނީ އެސްޖީގެ މަގާމަށް މޫސާ ފަތުހީ އައްޔަންކުރިކަން އިއުލާނުކޮށް އޭނާއަށް މަރުހަބާ ކިޔައިފަ އެވެ.  ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މީހުން ހަމަޖެއްސުމާއި ކުންފުނިތަކާ ބެހޭ އެކި ޒިންމާތަކާ ހަވާލުކޮށްފައި އޮންނަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) އަށް ރައީސް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ވެސް މޫސާ ފަތުހީ ހިމެނެ އެވެ.އެސްޖީގެ މަގާމުން މުއާޒް ހަލީމް އިސްތިއުފާ ދެއްވީ މި މަހުގެ 18 ވަނަ ދުވަހު އެވެ.އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ މަގާމުން އިސްތިއުފާ ދިނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެދުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ