ގާފު ރެސިޕީ: ޖިންޖާ ޓްވިސްޓް

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ހަތްވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ޖިންޖާ ޓްވިސްޓްއެވެ.
ގްރޭޕްފުރުޓް ޖޫސް، ލެމަން ޖޫސް، އިނގުރު ޖޫސް އަދި ހަނީ ސިރަޕް ޖަގެއްގައި އެއްކޮށްލާށެވެ. އެއަށްފަހު އައިސް ކިޔުބް އަޅާށެވެ. ދެން ސޯޑާ އަޅާފައި ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ސާރވް ކުރާއިރު ގްރޭޕްފުރުޓް ސްލައިސް އަދި ރޯޒްމެރީއިން ގާރނިޝްކޮށްލާށެވެ. މިހާރު މިހިރީ މި ޑްރިންކް ހަދާ ނިމިފައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ