ރޯދަމަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ މެންދަމު 1 ޖަހަންދެން، ކެފޭތައް 3 ޖަހަންދެން

ކުރިއަށް އޮތް ރޯދަ މަހު ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އާންމުކޮށްފި އެވެ.
ތަފްސީލްް - އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާ އިން ފެށިގެން ހަ ރޯދަ ނިމެންދެން (ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު) މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1 ޖަހަންދެން ކަމަށެވެ.
މީގެ އިތުރުން ރޯދަ މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތް ދޭ ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3 ޖަހަންދެން ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުންޏެވެ.
އޭގެ އިތުރުން؛
ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފަތިހު 4:30 އިން މެންދަމު 3 ޖަހަންދެން ކެފޭތަކުން ހިދުމަތް ދެވޭނެ
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މި ވަގުތުތަކުގައި ކެފޭތަކާއި ފިހާރަތަކުން ހިދުމަތް ދޭން މިނިސްޓްރީ އިން އަންގާފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ