ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގައިވާ ސަރަހައްދަށެވެ. އެ ސަރަހައްދަށް އެލާޓް ނެރެފައިވަނީ ހެނދުނު 10:00 އިން ހަވީރު 04:00 އަށެވެ.
މެޓް އޮފީހުން ވަނީ، އެލާޓްގެ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކުރައްވައިފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ފާއިތުވި ދެ ދުވަހުވެސް ވަނީ އެކި ހިސާބުތަކަށް އެލާޓްތައް ނެރެފައެވެ.
މޫސުން ގޯޯސް، ބޮޑު ބަޔަކަށް ވައިޓް އެލާޓް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ