ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓް ހޯއްދެވުމުގެ ގޮތުން، އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކޮއްކޮ، ފާތިމަތު ސައުދާ ފޯމު ހުށަހަޅުއްވައިފިއެވެ.
އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން ސައުދާ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި، ނިލަންދޫ ދާއިރާއަށް ވާދަކުރެއްވުމަށްޓަކައި، އޭނާ ރޭ ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ސައުދާއަކީ، ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގައި ސިޔާސީ މަޤާމެއް ފުރުއްވި ބޭފުޅެކެވެ.
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އޮންނާނީ، މި މަހުގެ 23 ވަނަ ދުވަހުއެވެ.
ރައީީސްގެ ކޮއްކޮ ސައުދާ ނިލަންދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ