ދިއްގަރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ދެ ބޭފުޅަކު ޝަރުތު ހަމަވާ ކަމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު ޝަރުތު ހަމަވާ ކަމަށް އެ ޕާޓީން ނިންމައިފި އެވެ.
އެމްޑީޕީން މިއަދު ނެރެފައިވާ އިއުލާނެއްގައިވަނީ އެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވަނީ ކުރިން މީދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރި މ. ތްރީއޭވިލާ އިބްރާހިމް ޖިހާދާއި މ. މަޑުއްވަރީ ކާނިގޭ އަހުމަދު ރާޒީ ކަމަށެވެ.
އެ ޕާޓީން ކުރިން ބުނެފައިވާ ގޮތުގައި އެ ދާއިރާގެ ޕްރައިމަރީ އޮންނާނީ މާދަމާ އެވެ.
އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވާ ދިއްގަރު ދާއިރާ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން ވާދަކުރަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ