23 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަށް އާރުޑީސީ އާއެކު ސޮއިކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ 77 މަޝްރޫއުގެ ތެރެއިން 23 ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެކު  ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި އާރުޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ބްރެގޭޑިއަރ ޖެނަރަލް ރިޓެއާޑް ޢަލީ ޒުހައިރުއެވެ.
މި އެއްބަސްވުމުގެ ދަށުން އާރުޑީސީއާ ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި އައުޓްޑޯ ޖިމް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް، ފުޓްސަލް ދަނޑުތައް، ފުޓްބޯޅަ ދަނޑުތައް، ބެޑްމިންޓަން ކޯޓު އަދި ވޮލީބޯޅަ ކޯޓުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ހިމެނެއެވެ.
Advertisement
މީގެ އިތުރުން ރާއްޖޭގެ ރަށް ރަށުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ތެރެއިން ކުރިއަށް ގެންދާ 77 މަޝްރޫޢުއަށް ސަރުކާރުން 204.6 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކޮށް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ