ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އޮންލައިންކޮށް ސޮއިކުރެވޭ މި ޕެޓިޝަންގައި ގޮވާލާފައި ވަނީ މެންބަރުންނަށް ދޭ ބޮޑު މުސާރަ އާއި އެހެން އިނާޔަތްތަކާ ހުރެ އިގްތިސޯދަށް އޮތް ގޮންޖެހުން ކުޑަކުރުމަށް އެ އިނާޔަތްތައް ކުޑަކުރުމަށެވެ.
ތަފްސީލް - މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނުގައި މަޖިލިސް މެންބަރުންނަށް ދޭ ކޮމެޓީ އެލަވެންސް އެއްކޮށް ކަނޑާލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
މީގެ އިތުރުން:
މެންބަރުންނަށް ލިބޭ ޕްރިމިއަމް ހެލްތު އިންޝުއަރެންސް ކަނޑާލައި އާންމު ރައްޔިތުންނެކޭ އެއްހަމައަކުން އާސަންދައިގެ ހިދުމަތް ދޭން ވެސް ވަނީ ގޮވާލާފައި
ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައް ހުއްޓާލަން ވެސް އެ ޕެޓިޝަނުގައި ގޮވާލާފައިވޭ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން، މަޖިލިސް މެންބަރުން ކުރާ މަސައްކަތްތަކާ އެ ބޭފުޅުންނަށް ލިބޭ އާމްދަނީ ނުބައްދަލެވެ. މެންބަރުންގެ އާމްދަނީ އާންމު އެހެން ރައްޔިތުންނަށް އެވްރެޖުކޮށް ލިބޭ އާމްދަނީއާ ނުބައްދަލުކަން ފާހަގަކޮށް ބުނެފައިވަނީ އިގްތިސޯދަށް ދަތި ދުވަސްވަރެއްގައި މިއީ ތަފާތުކުރުން ބޮޑު، ބޭއިންސާފެއް ކަމަށެވެ.
އެނގުން މުހިއްމު - މަޖިލީހުގެ މެންބަރެއްގެ މުސާރަ އާއި އެލަވަންސުގެ ގޮތުގައި މަހަކު 85،000ރ. ލިބެ އެވެ.
ފާހަގަ ކުރެވޭ - މެންބަރުންގެ މުސާރަ އާ ގުޅޭގޮތުން މިދިޔަ ޖުލައި މަހު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސެއްގައި ގިނަ މެންބަރުން ބުނެފައިވަނީ މިހާރު ލިބޭ މުސާރަ އާއި އިނާޔަތައް ވެސް ކުޑަ ކަމަށެވެ.
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ