ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ވަނީ މޫސުން ގޯސްވާނޭކަމަށް ލަފާކޮށް ފ އަތޮޅުން ފެށިގެންގޮސް ހއ އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6 ކުން މެންދުރު 12 އަށެވެ. އެ ވަގުތު ތަކުގައި އެ ސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭކަަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން އެ ވަގުތުތަކުގައި ކަނޑުވެސް ގަދަވާނޭކަމަށް ވަނީ ލަފާކޮށްފައެވެ.
ކުރިއަށްމިދަނީ ހުޅަނގުމޫސުމުގެ ފަސްވަނަ ނަކަތްކަމަށްވާ މިއަހެލި ނަކަތެވެ. މި ނަކަތުގައި ދަތުރު ފަތުރުކުރުމަށް ދަތިވާވަރަށް ވައިޖެހޭނޭކަމަށް ނަކަތްތެރިން ބުނެއެވެ. މި ނަކަތް އަންނަ ހޯމަދުވަހާ ހަމައަށް ދެމިގެންދާނެއެވެ. މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ މައުލޫމާތު ހޯދުމަށްފަހު ނޫނީ ދަތުރު ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މެދުރާއްޖެތެރެއާ އުތުރަށް މޫސުން ގޯސްވާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ