މާދަމާގެ ވަގުތުތަކުގައި ހިޔާ ޓަވަރު އެކެއްގެ އެޕާޓްމަންޓުތަކުން ވަގުތުކޮޅަކަށް ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

ހިޔާ ޓަވަރުތަކުގެ ކަރަންޓް މަސައްކަތްތަކެއް ކުރުމަށްޓަކައި މާދަމާގެ ވަގުތުތަކުގައި ހިޔާ އެކެއްގެ އެޕާޓްމަންޓްތަކުން ވަގުތުކޮޅަކަށް ކަރަންޓް ކަނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، ހިޔާ ޓަވަރުތަކުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމުގެ ގޮތުން އެކިދުވަސްތަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ހިޔާގެ ފުރަތަމަ ޓަވަރުގައި މި މަސައްކަތް ކުރުމަށްޓަކައި މާދަމާ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓްގެ ހިދުމަތް މެދުކަނޑިދާނެތީ ކަސްޓަމަރުންގެ ކިބައިން މައާފަށްއެދިފައެވެ. ސްޓެލްކޯއިން ދަނީ މާލެ ސަރަހައްދުގެ ކަރަންޓްގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ