ރަސްމީ ފާލަމާ ދިމާލުން ބޮޑުތަކުރުފާނުމަގުގައި މި އަހަރު ތާރުއަޅައި ނިންމޭނެ: ރައީސް

މާލޭ ރަސްމީ ފާލަމާ ދިމާލު ބޭރު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް އެ މަގު ހެދުމުގެ މަސައްކަތް ރޯދަ މަސް ނިމުމާ އެކު ފަށައި، މި އަހަރު ނިންމާލެވެނޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ ރަސްމީ ފާލަން ތަރައްގީކޮށް އަލުން ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލު - ރައީސް ވިދާޅުވި ގޮތުގައި އެ މަގުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަން މިހާރު ވަނީ ނިންމައިފަ އެވެ. އެހެން ކަމުން ރޯދަ މަސް ނިމުމާ އެކު، އެ ކުންފުނިން އެ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ މަގު ތަރައްގީ ކުރުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ:
އެމްޓިސީސީން އެ މަގުން ތަރައްގީ ކުރާނީ އެމްޓީސީސީ ހުޅުމާލެ ފެރީޓާމިނަލް ހިސާބުން، ލޯކަލް މާރުކޭޓް ހުރި ހިސާބާ ހަމައަށް
ކޮޅަކަށް ދެ ލޭން އޮންނަ ގޮތަށް އަދި މޫދުން ވެސް ބައެއް ނަގައި، ޝީޓް ޕައިލްކުރެވި، މަގު ފުޅާ ކުރާނެ
އަދި މަގުގެ އަޑީގައި ހުންނަ ހުރިހާ ކަމެއް ވެސް ފުރިހަމަ ކުރާނެ
"[މި މަގުގައި] ތާރު އެޅި، ތަރައްގީ ކުރެއްވި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އިރާދަ ކުރެއްވިއްޔާ ރަމަޟާން މަސް ނިމޭތަނުން ފެށި، މި އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމައި ހުޅުވާނަން،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ:
ބޭރު މަގުގެ މި ބަޔަކީ، ޗައިނާގެ އެހީގެ ދަށުން މާލޭ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގައި ނުހިމެނޭ ބައެއް؛
މި މަސައްކަތަކީ ސަރުކާރުގެ ބެޖެޓުގެ ތެރެއިން ކުރާ މަސައްކަތެއް
 ޗައިނާގެ އެހީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް މި އަހަރު ތެރޭ ފެށޭނެ
އޭގެ އިތުރުން ރަސްމީ ފާލަން ކައިރީގައި ހުންނަ ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަސައްކަތްތަކާ ވެސް ސަރުކާރުން މިހާރު ވަނީ ހަވާލުވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ