ދިިވެހިންނަށް ރަނގަޅު ގޮތް ހޯދުމުގައި ފަތަން ޖެހުނު ކޮންމެ ކަނޑެއްގައިވެސް ފަތާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެރަސްމިއްޔާތުގައި ވާހަކަަ ދައްކަވަމުން ގާސިމް ވިދާާޅުވީ، އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަކީ ދިވެހި ރައްޔިތުންނަށް އެމަނިކުފާނަށް ލިބިހުރި މަދަދުވެރިކަމަކާއި އެހީތެރިކަަމެއް އޭގެ އެންމެެ ތަނަަވަަސް މިނުގައި ފޯރުކޮށްދެއްވުން ކަމަށެވެ.
އެމަަނިކުފާނު ވިދާޅުވީ، ޑިމޮކްރަސީގެ ޅަފަތުގައި އަޅުގަނޑުމެން ބޭނުންވާ ގޮތަށް ކަންކަން ނުދާނެ ކަމަށާއި، ތަޖުރިބާއެއް ނެތި ކަން ކުރަންޖެހޭ ފަހަަރުވެސް ޑިމޮކްރަސީގައި އަންނާނެކަމަށެވެ.
އެމަނިކުފާނު ވަނނީ، އިންސާނުންނަކީ އަދި ވެރިންނަކީވެސް ކުށްކުރެވޭނެ ބައެއް ކަމަށާއި، ހިތް ހަލާސްކޮށް މަޢާފުކުރަންޖެހޭނެ ކަމަށެވެ. އަދި މިގޮތަށް އިނގޭ މީހުންގެ ކިބައިން އުނގެނިގެން ނޭނގޭ މީހުންނަށް އަންގައިދީގެން ރައްޔިތުންނާއެކު ކުރިއަށްދާންޖެހޭ ކަމަށް ވިދާޅުވިއެވެެ.
ޤާސިމްގެ ވާހަކަފުޅުގައި ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ނުލައި އެމްޑީޕީއެއް ނޯންނާނެ ކަންވެސް ފާހަގަކުރައްވާފައެވެ.
ގާސިމްވަނީ ޖުމްހޫރީ ޕާޓީގެ ކޮންފަރެންސުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށް ރާއްޖޭގެ ހުރިހާ ޕާޓީއަކުންވެސް މިސާލުނަގަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ގާސިމްވަނީ ޖުމްހޫރީ ޕާޓީން ގޮތް ނިންމާނީ ދިވެހި ރައްޔިތުންނާއި ހުރިހާ ސިޔާސީ ޕާޓީތަކަށް އެންމެ ފައިދާހުރި ގޮތައް ކަމަށެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
ދިވެހިންނަށްޓަކައި ފަތަން ޖެހުނު ކޮންމެ ކަނޑެއްގައިވެސް ފަތާނަން – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ