ކުނީގެ ބިލް ކަރަންޓް ބިލްގައި ހިމަނަނީ

މާލޭގެ ގޭބިސީތަކުގެ ކުނީގެ ބިލް އަންނަ މަހުން ފެށިގެން ކަރަންޓް ބިލްގައި ހިމެނުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓް ބިލްގައި ހިމަނައިގެން ކުނީގެ ބިލް ނެގިދާނެ ކަމަށް ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
މިބަދަލު ގެނައި ނަމަވެސް ކުނީގެ ބިލް ބޮޑު ނުވާނެ ކަމަށާއި އަދި ކުނި ނެގުމަށް ގޭބިސީ ރަޖިސްޓްރީ ކުރަންވެސް ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ކުންޏަށް ބިލްކުރާ ގޮތް
ގޭބިސީތަކަށް މަހަކު 150 ރުފިޔާކޯލް އެންޑް ޕިކަޕް ސާވިސްއަށް ޓަނަކަށް 330 ރުފިޔާޓްރާންސްފާ ސްޓޭޝަނުން ބަލައިގަންނަ ކުނި ޓަނަކަށް 1060 ރުފިޔާދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓަނަކަށް 2660 ރުފިޔާވަކި ނުކޮށް ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް ކޮންމެ ފަހަރަކު 1000 ރުފިޔާ
ކުނީގެ ބިލް ކަރަންޓް ބިލްގައި ހިމެނުމަށް ނިންމާފައި މިވަނީ މާލެ ސަރަހައްދުގެ 53،000 ގޭބިސީއަކުން ވެމްކޯ އިން ކުނި ނެގި ނަމަވެސް ގަވައިދުން ކުނީގެ ބިލް ދައްކަނީ 20،000 ގޭބިސީ ކަމަށް ވެމްކޯ އިން ބުނަމުން ދަނިކޮށް އެ މައްސަލަ ހައްލުކުރުމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ގިނަ އަދަދެއްގެ ގޭބިސީތަކުން ކުނި ބިލު ގަވައިދުން ކުނި ނުދައްކާތީ ވެމްކޯއަށް ފައިސާ ލިބުން ދަތިވެ ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ނުގަނެވި އަދި މަރާމާތުކުރުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. ވެމްކޯ އަށް ލިބެން ފައިސާ ނުލިބޭތީ މެނޭޖުކުރުމަށް ދަތިތައް ހުރި ކަމަށްވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ