ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ލިބުމަކީ ކުރިއެރުމެއް: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުމަކީ އެ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ ކ. އަތޮޅުގެ ގޮނޑިއެއް މީގެ ކުރިން ދުވަހަކުވެސް ލިބިފައިނުވާއިރު، މިއަދު ބޭއްވި އެ ދާއިރާގެ އިންތިހާބު 50 ޕަސެންޓް ވޯޓުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހިމް ޝާޒެވެ. މިއީ ރައްޔިތުންގެ މަޖިލިހުގެ ކ. އަތޮޅުގެ ގޮނޑިއެއް އެމްޑީޕީ އަށް ނެގުނު ފުރަތަމަ ފަހަރުވެސް މެއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒަށް މަރުހަބާ ދަންނަވައި ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި އިންތިހާބުން ހާމަވެގެންދިޔައީ ސަރުކާރާ އެކު ގުރައިދޫ ދާއިރާގެ ރައްޔިތުން ތިއްބެވިކަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ