އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ޖޫން މަހު ބާއްވަނީ

މި އަހަރު ބާއްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަންނަ ޖޫންމަހު ބޭއްވުމަށް ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، ޖޫންމަހު ބާއްވާ ބައި-އިލެކްޝަންތަކަކީ ތ.ގާދިއްފުށީ، ރ.މީދޫ، ގދ.ހޯޑެއްދޫ، ގދ.ވާދޫ، ކ.މާމެންދޫ، ކ.ދިއްފުށި، މ.ވޭވަށު، ފ.ބިލެއްދޫ، ށ.މާއުނގޫދޫ އަދި ހދ.ފިނޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި- އިލެކްޝަނެވެ.
އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާ ދެއްވައިފިނަމަ، 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެއެވެ.
އެގޮތުން މި އަހަރު ބާއްވާ އަންހެނުންގެ ކޮމެޓީގެ ބައި އިލެކްޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބޭއްވުމަށް ނިންމީ، ކައިރި ކައިރީގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަންޖެހުމުން އެކަމަށް ހިނގާ ހަރަދު ބޮޑުވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ