ބައި އިލެކްޝަން ކެމްޕެއިނަށް އެމްޑީޕީން ދާއިރާގެ ރަށްތަކަށް

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕެއިނަށް އެމްޑީޕީން ދާއިރާގެ ރަށްތަކަށް ޒިޔާރަތްކުރަން ފަށައިފިއެވެ.
އެމްޑީޕީން ދާއިރާގެ އިންތިޚާބުގައި ވާދަކުރައްވަނީ އިބްރާހިމް ޝާޒެވެ. ޝާޒަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަމްބަރު 2 އެވެ.
ކެމްޕެއިން ޓީމުން މިހާރު ތިބީ ކ. ގުޅީގައެވެ.
ރައްޔިތުންގެ މަޖިލިސް ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް @shaaxibrahimގެ ކެމްޕެއިންއަށް އެމްޑީޕީގެ ވަފްދުގެ ބޭފުޅުން ކ.ގުޅީގައި. pic.twitter.com/pfXbUTzykU
— MDP Secretariat (@MDPSecretariat) March 20, 2023
ކެމްޕެއިން ޓީމުގައި ޝާޒާއެކު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް، އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ކަނޑައަޅާފައިވާ ތާރީހަކީ 15 އޭޕްރީލް އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ ފާއިތު 3 ދައުރު މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރެއްވި މެންބަރު ރިޒާ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ