މިއަހަރުގެ ސިފައިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

މިއަހަރުގެ ސިފައިންގެ ދުވަސްވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ސިފައިންގެ ދުވަހުގެ ގޮތުގައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މިއަހަރު ފާހަގަކުރާ 131 ވަނަ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށޭނީ އަންނަ ހުކުރު ދުވަހު ހެނދުނު 0600 ޖަހާއިރު އޮންނަ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުންކަމަށެވެ. އަދި ހުކުރު ދުވަހުގެ ހަވީރު 1600 އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުން އޮންނާނެއެވެ.
މިހިނގާލުމުގައި ބައެއް ތަންތަނުގައި މަޑުކޮށް މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް އޮންނާނެއެވެ. މީގެ އިތުރުން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޑިސްޕްލޭއެއް އޭޕްރީލް ހުކުރު ދުވަހުގެ ރޭ 2000 އިން ފެށިގެން ޖުމްހޫރީ މައިދާނުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ޢާންމުންނަށް ހުޅުވާލައިގެންވާ ބާއްވާ މި ޑިސްޕްލޭގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާއެރުވުމަށްވެސްވަނީ ހަމަޖެހިފައެވެ. ހަވާ އެރުވުމުގެ ހަރަކާތްފެށޭނީ އެރޭގެ 2020 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
މިޙަރަކާތްތަކުގެ އިތުރުން ސިފައިންނާއި ސިފައިންގެ ޢާއިލާތައް އަދި ޢާންމުންނަށް ބައިވެރިވޭގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް އޮތްދުވަސްތަކުގައި ބޭއްވުމަށްވެސް ރާވާފައިވާ ކަމަށް އެމްއެންޑިއެފްއިން ހާމަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ