ރައީސް އެދިވަޑައިގެންނެވި ގޮތަށް ފެނާއި ކަރަންޓުން ޑިސްކައުންޓް ނުދެތީވެ އިސްލާހު ކުރަން އަންގައިފި

ރައީސް، ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ރަމަޟާން މަހުގެ ފެނާއި ކަރަންޓުން ޑިސްކައުންޓް ދެވިފައި ނުވާތީ، އެކަން ހައްލު ކުރުމަށް ރައީސް އަންގަވައިފިއެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަމަޟާން މަހު ފެނާއި ކަރަންޓް ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވައުދެއް ކަމަށާއި އެބިލުތަކުން ރައީސް އެދިވަޑައިގެންނެވި ގޮތަށް ލުއިދެވިފައި ނުވާކަން ފާހަގަ ކުރެއްވޭތީ އެކަން ހައްލު ކުރުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.
''ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ހައްލުކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި'' ހީނާ ވިދާޅުވިއެވެ.
ހީނާ މިފަދައިން ވިދާޅުވެފައިވާއިރު، ނިމިދިޔަ ރަމަޟާން މަހު ބޭނުން ކުރި ކަރަންޓަށް ޑިސްކައުންޓް ދިނުމަށް މިއަދު ސްޓެލްކޯއިން ވަނީ ނިންމާފައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ، ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާން މަހު ބޭނުން ކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ