އުރީދޫ ފުޓްބޯޅަ ފޯރި: ކުޑަކުދިންގެ ހަވީރު މިއަދު

ވޯލްޑް ކަޕުގެ ފޯރި އިތުރު ކުރުމަށް "ފުޓުބޯޅަ ފޯރީގެ" ނަމުގައި އުރީދޫން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވަން ނިންމައިފި އެވެ.އުރީދޫގެ މި ހަވީރުގައި އެ ކުންފުނީގެ އެމްބެސެޑަރުން ކަމަށްވާ މާޒިޔާ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ބައިވެރިވާނެއެވެ. މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން ފެށިގެން އާޓިފިޝަލް ބީޗުގައި ހުންނަ އުރީދޫ ފޭން ޒޯނުގައެވެ. އެ ހަވީރުގައި ކުޑަކުދިންނަށް ހާއްސަކޮށް އެކި ފުޓުބޯޅައާ ގުޅުން ހުރި ކުޅިވަރުތައް ވެސް ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި މިނީ ގޯލު ޝޫޓާއި، ހެޑިން ޗެލެންޖާއި، ޕެނަލްޓީ ޝޫޓް އަދި 2 އޮން 2 ޗެލެންޖު ހިމެެނެ އެވެ.އުރީދޫން ވޯލްޑް ކަޕުގެ ފޯރި އިތުރު ކުރުމަށް އެކި ފޭން ޒޯނުތަކުގައި އެކި ހަރަކާތްތައް އަންނަނީ ރާވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ