ޒަމާންވީ ޖުޑީޝަރީ، ޒަމާނާ އެއްހަމަ ކުރުމުގެ ތަސައްވުރެއް އެބައޮތް: އުއްތަމަ ފަނޑިޔާރު

ޒަމާންވީ ޖުޑީޝަރީ، ޒަމާނާ އެއްހަމަ ކުރުމުގެ ތަސައްވުރެއް އެބައޮތް ކަމަށާއި، އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމަކީ، އެ މަސައްކަތުގެ ފެށުން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ. ޝަރުއީ ދާއިރާގެ އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ލޯންޗުކޮށްދެއްވުމަށް ފަހު އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވީ، ޒަމާންވީ ޖުޑީޝަރީ، ޒަމާނާ އެއްހަމަ ކުރުމުގެ ތަސައްވުރެއް އެބައޮތް ކަމަށާއި، އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމަކީ އެ ތަސައްވުރުގެ ފެށުން ކަމަށެވެ. އެ ސިސްޓަމްގެ ސަބަބުން ކޯޓުތަކުންދޭ އެންމެހާ ޚިދުމަތްތަކުގެ ދުވެލި ހަލުވިވާނެ ކަމަށް ޣަނީ ވިދާޅުވިއެވެ. މިއަދު މި ތައާރަފުކުރެވުނު ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސަބަބުން، ކޯޓަށް މައްސަލަ ހުށަހެޅުމުގައާއި، މައްސަލަ ރަޖިސްޓްރީ ކުރުމުގައާއި، ޝެޑިއުލް ކުރުމުގައާއި، މައްސަލަ ހިންގުމުގައި ވެސް އިތުރު ފުރިހަމަކަން ގެނެވި، ކޯޓުތަކުން މައްސަލަ ނިންމުމަށް ހޭދަކުރާ ވަގުތު ބޮޑުތަނުން މަދު ކުރެވޭނެ ކަމަށް ގަބޫލުކުރަން. އަދި މައްސަލަ ހިންގުމުގައި ދިމާވާ އެތައް ގިނަ ގޮންޖެހުންތަކަށްވެސް ހައްލަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރަން، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޝަރުއީ ކޯޓުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ އަދުލު އިންސާފުގެ ސްޕީޑް އަވަސްކުރުމުގެ ގޮތުން ކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުގެ އިންފޮމޭޝަން ސިސްޓަމްތަކާއި، ތަރައްގީކުރާ އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް (އައިސީއެމްއެސް) ކްރިމިނަލް ކޯޓުގައި ރަސްމީކޮށް ބޭނުންކުރަން މިހާރު ވަނީ ފަށައިފައެވެ. މި ސިސްޓަމަކީ ޖިނާއީ އަދުލުގެ ނިޒާމްގައި ހިމެނޭ ގިނަ އިދާރާތަކެއްގެ ސިސްޓަމްތަކާ ގުޅާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. ކްރިމިނަލް ކޯޓުގައި އައިސީއެމްއެސް ބޭނުންކުރަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމާ ފުރިހަމަ ގޮތުގައި ގުޅާލެވިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ