ކަރަންޓުގެ ޚިދުމަތަށް ސްޓެލްކޯ އިން ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި: ނައިބު ރައީސް

ވޭތުވެތިޔަ އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް ވަރަށް ސްޓެލްކޯ އިން ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި ޖަލްސާގައި ނައިބު ރައީސް ވަނީ ސްޓެލްކޯ އަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަކުރައްވާފައެވެ. އަދި ވޭތުވެތިޔަ އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ވެސް ހާމަކުރައްވާފައެވެ.
މިގޮތުން މާލެ ސަރަޙައްދާއި، މާލެ ކައިރީ ސަރަޙައްދުތަކަށް ބަލާއިރު، ތިރީސް އެތައް ރަށެއްގައި ޒަމާނާ އެއްގޮތަށް ކަރަންޓާއި ނަރުދަމާގެ ޚިދުމަތް އެކުންފުނިން ފުޅާ ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައްޔިތުންނާ ހަމަޔަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުންޏެއްގައި ނުވަތަ އެ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަކީ މުހިންމުކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މަސައްކަތުގެ މާހައުލުގައި އުނގެނުމުގެ މުހިންމުކަން ހާމަކުރައްވައި، އެކަކަށް އެނގޭ އެއްޗެއް އަނެކާއަށް އުނގަންނައިދީ ދަސްކޮށްދިނުމަށް އިސްކަންދިނުމަށް ވަނީ ގޮވާލައްވާފައެވެ.
ގައުމުގެ ކުރިއެރުމަށް ވިސްނާއިރު ކިތަންމެ ވަސީލަތް މަދު ގައުމަކަށް ވެސް އެންމެން ގުޅިގެން މަސައްކަތްކޮށްފިކަމުގައި ވަނީ ނަމަ ކާމިޔާބު ލިބޭނެކަމަށާއި، ގައުމުގެ ތަރައްގީއާއި ގައުމަށް ފައިދާހުރި ކަންކަމުގައި ހުރިހާ ރައްޔިތުން ވެސް އެއްބައިވަންތަކަން އިސްކުރުމަކީ މުހިންމުކަމެއް ކަމުގައި ވެސް ނައިބު ވިދާޅުވިއެވެ.
މި ޖަލްސާގައި ނައިބު ރައީސް ވަނީ ސްޓެލްކޯގެ އައުޓްސްޓޭންޑިން ސަރވިސް އެވޯޑް ލިބިވަޑައިގެންނެވި އެ ކުންފުނީގެ ޑެޕިއިޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަތީފަށް ޚާއްސަ އެވޯޑެއް ހަވާލުކޮށްދެއްވާފައެވެ. އަދި ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ