ފިރިހެނަކަށް އަނިޔާކުރާކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެމްޕީއެލްގެ އެޕާޓުމަންޓެއް ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނިގޮތުގައި އެމްޕީއެލް ޓަވަރެއްގެ އެޕާޓްމަންޓަކުން، ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނެ ރިޕޯޓުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެ ރިޕޯޓާ ގުޅިގެން އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، ވަގުތީ ބަރުދަނުގައި 17.39 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ބުންޏެވެ.
ތަފްސީލް - މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ:
އެވަގުތު އެޕާޓްމަންޓުގައި ހުރި މުހައްމަދު ޖަޒުލާން އަޝްރަފު، 29
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފައި
ފުލުހުން ބުނީ އަނިޔާގެ ރިޕޯޓް ލިބިގެން އެތަނަށް ފުލުހުން ދިޔަ އިރު އިތުރު މީހަކު ނެތް ކަމަށާއި ނަމަވެސް އެޕާޓްމެންޓް ތެރޭގައި ހުރި ތަކެއްޗަށް ގެއްލުންދީ، ހަމަނުޖެހުން ހިންގާފައިހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފިރިހެނަކަށް އަނިޔާކުރާކަމުގެ ރިޕޯޓަކަށް އެމްޕީއެލްގެ ފްލެޓެއް ފާސްކުރިއިރު ފެނުނީ 17 ކިލޯގެ ޑްރަގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ