މިދިޔަ އަހަރުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފައިވާ ވޭޕުގެ ބާވަތްތައް ވިއްކަމުންދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ވޭޕުތަކެއް އަތުލައިގެންފި އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކޮށްފައިވަނީ މާލޭގެ ދެ ގެއަކާއި ދެ އުޅަނދެވެ. މިއީ ވޭޕާއި ވޭޕް ކާޓްރިޖް ވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 80 ވޭޕް ކާޓްރިޖު އަދި ބަލައިފާސްކުރި ގެއެއްގައި ހުރި އެޕާޓްމަންޓަކުން 59 ވޭޕާއި ކާޓްރިޖް ހޯދި ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލާގައި ޖޫރިމަނާ ކޮށްފައިވަނީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.
މީގެއިތުރުން ވޭޕް ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ.
މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވެ އެވެ.
ވޭޕު ވިއްކަމުންދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ވޭޕުތަކެއް އަތުލައިގެންފި ވޭޕު ވިއްކަމުންދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ވޭޕުތަކެއް އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ