ރައްޔިތުންގެ ޝަކުވާ އިންތިހާއަށް އޮތް ސްޕީޑް ބްރޭކާތައް އެންމެ ފަހުން ނަގަން ފަށައިފި
ހުޅުމާލޭގައި ހަރުކޮށްފައި ހުރި ސްޕީޑް ބްރޭކާތަކާ ގުޅިގެން ރައްޔިތުން އިންތިހާއަށް ޝަކުވާ ކުރުމުން އެ ސްޕީޑް ބްރޭކާތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގައިފި އެވެ.އެކްސިޑެންޓުތަކާއި ކާރޫބާރުބޮޑު ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި މިދިޔަ ސެޕްޓެމްބަރު މަހު ހަރުކުރި އާ ސްޕީޑްބްރޭކަރުގެ ސަބަބުން އުނދަގޫވާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ އޮއްސާލި އެވެ. އޭރު ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ތާރުގަނޑު ތޮރުފައިގެން ހަރުކޮށްފައިވާ އެ ސްޕީޑު ބްރޭކަރުތަކުން ކިތައްމެ މަޑުން ފޭބިއަސް އުނަގަނޑުގައި ރިއްސާ ކަމަށެވެ.އެހެންވެ، އެ ތަކެތި ނަގައިދިނުމަށް އެދި ގިނަ ބަޔަކު ގޮވާލި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް ބައެއް މީހުން އެކަމަށް އެދުނެވެ.ރާއްޖޭގައި އާއްމުކޮށް ސުޕީޑް ބްރޭކަރުތައް ހަދަނީ ސިމެންތި ބޭނުންކޮށްގެންނެވެ. އާއްމު ދުވެލީގައި ދުއްވާފައި ދާނަމަ އެ ބްރޭކަރުތަކުން އެއްވެސް ނުރައްކަލެއް ކުރިމައްޗެއް ނުވެއެވެ.މަގުމަތީގެ އެކްސިޑެންޓުތައް ގިނަ ވުމުން އެޗްޑީސީން ވަނީ ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ވެސް ބައެއް ބަދަލުތައް ގެނެސްފަ އެވެ. އޭގެ ތެރެއިން، ޓްރެފިކް އެންމެ ބޮޑު ހިސާބުތަކުގައި ރައުންޑަބައުޓު ބެހެއްޓުމާއި ބައެއް މަގުތައް އެއް ފަޅިން ދުއްވޭ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ