ވޯލްޑް ކަޕުގެ ސެމީއަށްފަހު، އިނގިރޭސި މަނަވަރެއް އާޖެންޓީނާގެ ކަނޑުގެ ސަރަހައްދަށް ވަތްކަމުގެ ތުހުމަތު
ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިނގިރޭސިން ބަލިކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރަކުން އާޖެންޓީނާގެ ކަނޑުގެ ސަރަހައްދަށް "ގާނޫނާ ހިލާފަށް" ވަދެފައިވާ ކަމަށް ބުނެ އާޖެންޓީނާއިން ވަރުގަދަ ތުހުމަތުތަކެއް ކޮށްފިއެވެ. އާޖެންޓީނާގެ ފޮރިން މިނިސްޓަރު ޕަބްލޯ ކިއުރްނޯ ނެރުއްވި ބަޔާނެއްގައި، އިނގިރޭސި ރޯޔަލް ނޭވީން އާޖެންޓީނާގެ ކަނޑުގެ ސަރަހައްދަށް އަސްކަރީ ގޮތުން ގަވާއިދާ ހިލާފަށް ވަދެފައިވާ ކަމަށްބުނެ، އެކަމާ ދެކޮޅަށް އިނގިރޭސި އެމްބަސީއަށް ރަސްމީކޮށް ލިޔުމެއް ވަނީ ފޮނުވާފައެވެ. އާޖެންޓީނާއިން ބުނާ ގޮތުގައި އިނގިރޭސިވިލާތުގެ "އެޗްއެމްއެސް މެޑްވޭ" ނަމަކަށް ކިޔާ މަނަވަރު އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް ވަނީ އެއްވެސް އެންގުމަކާ ނުލައެވެ. ނަމަވެސް އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، އެންޓާކްޓިކާގައި ކުރިއަށްދާ ސައިންޓިފިކް ދިރާސާތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ޗިލީއަށް ކުރި ދަތުރެއްގެ މައުލޫމާތު، ކުރިއާލާ އާޖެންޓީނާ ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އާޖެންޓީނާގެ ފޮރިން މިނިސްޓަރު ޕަބްލޯ ކިއުރްނޯ-- އަދި ޗިލީއަށް ދިޔުމަށް މަނަވަރު ބޭނުންކުރީ މޫސުމަށާއި ރައްކާތެރިކަމަށް ބަލައި އެންމެ ކުރު މަގު ކަމަށާއި، އިނގިރޭސި އަސްކަރިއްޔާއިން އަބަދުވެސް އަމަލުކުރަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މައްސަލަ ހޫނުވެފައި މިވަނީ، ސެމީ ފައިނަލުގައި އިންގްލެންޑް 2-1 އިން ބަލިކުރުމަށްފަހު އާޖެންޓީނާގެ ކުޅުންތެރިން ދަނޑުމަތީގައި "ލަސް މަލްވީނަސް ސޮން އާޖެންޓީނަސް" (ފޯކްލޭންޑް ޖަޒީރާއަކީ އާޖެންޓީނާގެ ބައެއް) ލިޔެފައިވާ ބެނާއެއް ހިފަހައްޓައިގެން އުފާފާޅުކުރުމާ ގުޅިގެން ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. އިންގްލެންޑް މެޗަށްފަހު އާޖެންޓީނާ ކުޅުންތެރިން ބެނާ ހިފަހައްޓައިގެން-- ދެ ގައުމުގެ ދެމެދުގައި 1982 ވަނަ އަހަރު ފޯކްލޭންޑްގެ ހަނގުރާމަ ހިނގާފައިވާއިރު، އާޖެންޓީނާގެ ނައިބު ރައީސް ވިކްޓޯރިއާ ވިލަރޫއެލް ވެސް ވަނީ މެޗުގެ ކުރިން އިނގިރޭސިންނަކީ ކަނޑުފޭރޭ ބައެއްގެ ގޮތުގައި ސިފަކޮށް، މެޗަށްފަހު ފޯކްލޭންޑަކީ އަބަދުވެސް އާޖެންޓީނާގެ ލެޔާ ގުޅިފައިވާ ތަނެއް ކަމަށް ބުނެފައެވެ. މި ބެނާގެ މައްސަލާގައި އިނގިރޭސި ސެކްރެޓަރީ ޕީޓާ ކައިލް ވިދާޅުވީ، ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ފީފާއިން މި މައްސަލަ ސީރިއަސްކޮށް ބަލަންޖެހޭނެ ކަމަށެވެ. ފީފާގެ ގަވާއިދުތައް ބުނާގޮތުން ދަނޑުމަތީގައި ސިޔާސީ މެސެޖުތައް ދިނުމަކީ މަނާކަމަކަށްވާއިރު، އާޖެންޓީނާގެ ޓީމަށް ފީފާގެ ފަރާތުން އަދަބެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް އިނގިރޭސި ސަރުކާރުން ބުނަމުންދަނީ ފޯކްލޭންޑްގެ ރައްޔިތުން ބޭނުންވަނީ އިނގިރޭސިވިލާތުގެ ދަށުގައި ތިބެން ކަމަށާއި، އެމީހުންގެ އަމިއްލަ މުސްތަގުބަލު ކަނޑައެޅުމުގެ ހައްގު ދަމަހައްޓާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ