01 އޮކްޓޯބަރު 2015 އިން ފެށިގެން ޝަރުޢީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 08:00 އިން މެންދުރުފަހު 14:00 ކަމަށް ހަމަޖައްސައިފިއެވެ.
ޖޫޑިޝަލް އެދްމިނިސްޓްރޭޝަނުން ބުނެފައިވަނީ މިބަދަލު ގެނެވިފައި މިވަނީ 01 އޮކްޓޯބަރު 2015 އިން ފެށިގެން ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަށް މިބަދަލު ގެންނެވުމާގުޅިގެން ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ނެރުނު ޢާއްމު ސިޓީގައި ބުނާގޮތުން، ރަސްމީ މަސައްކަތު ގަޑިއަށް ގެނެވުނު މިބަދަލާއިއެކު ބްރޭކްގެ ގޮތުގައި މިހާރު ދެމުންގެންދާ 01 ގަޑިއިރުގެ ބަދަލުގައި ކޮންމެ މުވައްޒަފަކަށްވެސް މެންދުރުފަހު، 12:00 ން ފެށިގެން 13:00 އާ ދެމެދު، 30 މިނިޓްގެ ހުސްވަގުތުކޮޅެއް ދެވޭނެއެވެ.
ޝަރުޢީދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނެވުނު ނަމަވެސް، ޝަރުޢީދާއިރާގައި ޑިއުޓީ އުޞޫލުން މަސައްކަތްކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެ މުވައްޒަފަކު ޑިއުޓީ ކުރުމަށް ހަމަޖެހިފައިވާ ގަޑިކަމަށާއި މުވައްޒަފުންނަށްދެވޭ ހުސްވަގުތުގައި ކޯޓު ނުވަތަ އިދާރާގެ މަސައްކަތް މެދުނުކެނޑި ހިނގާނެ ގޮތެއްގެމަތީން އިންތިޒާމްތައް ހަމަޖެއްސެވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އަންގަވާފައެވެ.’
ޝަރުޢީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 14:00 ކަމަށް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ