ގައްސާން މައުމޫން ރައީސް އޮފީހަށް ބަދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަނގު ފިރިހެން ދަރިކަލުން ގައްސާން މައުމޫން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފި އެވެ.
ރައީސް އޮފީހަށް ގައްސާން ބަދަލުކުރީ މިއަދުގެ ވަގުތެއްގައި ކަމަށް އެނގިފައިވެ އެވެ. ނަމަވެސް ރައީސް އޮފީހުން މިކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ގައްސާން ހުންނެވީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގަ އެވެ.
ރައީސް އޮފީހުގައި މިހާރުވެސް ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ބޭފުޅަކު ހުންނަވަ އެވެ. އެއީ ނިމިގެން ދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރެއްވި މުހައްމަދު މުޖުތާޒު އެވެ.
ރައީސް އޮފީހުގައި އެ އޮފީހަށް ހާއްސަ ދެ ވަޒީރަކު ވެސް ހުންނަވަ އެވެ. އެއީ މުހައްމަދު ހުސައިން ޝަރީފާއި އަބްދުﷲ އަމީން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ