ބޮލިދުއްފަރާ ވާވެއްދި ފަޅުގެ އެގްރީމެންޓު ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

ޓޫރިސްޓު ރިޒޯޓު ތަރައްގީކުރުމަށް ވިލާ ގްރޫޕަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީން އެގްރިމަންޓް ބާޠިލު ކުރި ކ. ބޮލިދުއްފަރާއި ވާވެއްދި ފަޅު ކުއްޔަށްދިނުމަށް ވެފައިވާ އެގްރީމެންޓު ބާތިލް ކުރީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ 12 ޑިސެމްބަރ 2013ގައި ޓޫރިޒަމް މިނިސްޓްރީން ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑާއިއެކު ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އިން ވެފައިވާ "އެމެންޑެޓް އެންޑް ރީސްޓޭޓެޑް ލީސް އެގްރީމެންޓް" އުވާލާފައި ވާކަމަށް ވިލާ ގްރޫޕަށް އަންގައިފައިވާ އެންގުމަކީ އެ އެގްރީމެންޓާއި ޚިލާފު ބާތިލް އެންގުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި 8 ފެބްރުއަރީީ 2015 ގައި އެއްބަސްވުން އުވައިލިކަމަށް ބަޔާންކޮށް ވިލާ ގްރޫޕަށް އަންގައިފައިވާ އެންގުމަކީ ވިލާ ގްރޫޕާއިއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފު، ބާޠިލު އެންގުމެއް ކަމަށެވެ.
ވިލާ ގްރޫޕުން އަބަދުވެސް ބުނަމުން ގެންދަނީ އެގްރޫޕާއިއެކު ސަރުކާރުން ކޮށްފައިވާ އެއްބަސްވުންތައް އުވައިލިކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީން އެގްރޫޕަށް އެންގި އެންގުމަކީ ޞައްޙަ އެންގުންތަކެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ