ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް ގެޒެޓް ކޮށްފި އެވެ.
ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ލިސްޓަށް ބަލާއިރު ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ލުމުގެ ހައްގު ލިބިފައިވަނީ 2555 މީހުންނަށެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޖޫން މަހުގެ 13 ވަނަ ދުވަހު ބާއްވަން އިއުލާންކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޖޫން މަހުގެ ހަޔަކަށް އިންތިހާބު އަވަސްކޮށްފަ އެވެ. އަދި ކުރިމަތިލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދީފައިވަނީ މިމަހުގެ 28 ވަަނަ ދުވަހުގެ ނިޔަލަށެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރެއްވީ ޕީޕީއެމަށް ނިސްބަތްވާ މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި އަދާލަތު ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ޒާހިރެވެ.
އެމްޑީޕީއާ އަދާލަތުން ބުނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އަހްމަދު ނާޒިމް އުމުރަށް ޖަލަށް ލުމާއި ގުޅިގެންނެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލާ މީހުންގެ ލިސްޓް ގެޒެޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ