އަނިލް ސުޕްރީމް ކޯޓުން ނުކުމެވަޑައިގެންނެވި ތަން ފެނިއްޖެ

ބަންޑާރަ ނައިބު މުހައްމަދު އަނިލް ރޭ ދަންވަރު ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވާ ތަން ފެންނަ ފޮޓޯއެއް އާންމުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ސުޕްރީމް ކޯޓުގެ މައި ދޮރުން ނުކުމެވަޑައިގެން އަނިލް ކާރަށް އަރާވަޑައިގަންނަވާ މަންޒަރެވެ. އަދި އެއީ ދަންވަރު 12:15 ކަމަށް ފޮޓޯ އާންމުކުރި ފަރާތުން ބުނެފައިވެ އެވެ.
އަނިލްގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވެސް ރޭ ދަންނަވަރު ސުޕްރީމް ކޯޓުން ނުކުމެވަޑައިގަތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑު ފެތުރުނެވެ. އެކަމަކު އާދަމް އެކަން ދޮގުކުރެއްވި އެވެ.
އޭނާ ވިދާޅުވީ ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް ހައްޖުގެ އަޅުކަމަށް ފުރުއްވުމަށް އެއާޕޯޓަށް ރޭ ވަޑައިގެންނެވި ގޮތަށް އެނބުރި ވަޑައިގެން އުޅުއްވީ މަންމަގެ އަރިހުގައި ހޮސްޕިޓަލްގައި ކަމަށެވެ.
AG office mihaar theemugeygatho? Dhaulathuge rasmee gadi aky reygandu dhanvarutho? Supreme Courtah AG Anil ah migadeega vadhevigen nuvaane! pic.twitter.com/IpZkaGleMh— Ali Waheed (@ali20waheed) August 25, 2017
އާދަމްގެ މަންމަ އާލާސްކަންފުޅާ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައިވާ 10 ވަރަކަށް ދުވަސް ވެއްޖެ އެވެ.
ރޭ ދަންވަރު ސުޕްރީމް ކޯޓުން އަނިލް ނުކުމެވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯތަކާ ގުޅޭ ގޮތުން އަނިލްގެ ބަހެއް ނުލިބުނެވެ. "މިހާރު" ން ތަކުރާރުކޮށް ގުޅުމުން ވެސް އަނިލް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
Bandaara naibaai Chief of defence force akee siyaasee whip akah vegen nuvaane: Jameel
Mihaaru
އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ވެސް މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށް ބުނެ އަޑު ފެތުރިފައިވެ އެވެ. އެކަމާ ގުޅިގެން ވެސް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވިޔަސް މިހާތަނަށް އެ ދެ ބޭފުޅުން އެކަން ދޮގެއް ނުކުރައްވަ އެވެ.
އަނިލް ސުޕްރީމް ކޯޓަށް ދަންވަރު ދެ ފަހަރެއްގެ މަތިން ވަދެވަޑައިގެންނެވި މައްސަލަ ފެންމަތިވެފައިވާއިރު، ދައުލަތުގެ ފަރާތުން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ސަރުކާރާ ދެކޮޅު ފިކުރުގެ ހަ މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އަދި ގޮނޑި ގެއްލުނު މައްސަލަ ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން އޭގެ ތެރެއިން ހަތަރު މެމްބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް ނުނެރި ލަސްވަމުންދާތީ ވެސް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
މެމްބަރުންތަކެއްގެ ގޮނޑި ގެއްލުނު މައްސަލަ އާއި ޝަރުއީ ނިޒާމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރުމަށް މިދިޔަ މަހުގެ 31 ގައި އިދިކޮޅު ޕާޓީތަކުން ވަނީ ސިޓީއަކުން އެދިފަ އެވެ. ނަމަވެސް މިހާތަނަށް އެ ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު ބައްދަލު ނުކުރައްވާތީ އިދިކޮޅު ލީޑަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ