އިންސާފަކީ ފަޅު ތެރޭގައި އަޅާފައި އޮންނަ ސަފާރީއަކަށް ކިޔާ ނަމަކަށް ސަރުކާުރުން ހަދައިފި: ޝިޔާމް

މިސަރުކާރުންވަނީ އިންސާފަކީ ފަޅު ތެރޭގައި އަޅާފައި އޮންނަ ސަފާރީއަކަށް ކިޔާ ނަމަކަށް ހަދާފައި ކަމުގައި ޕީޕީއެމްގެ ނައިބު ލީޑަރު އަދި މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލިހަށް މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުންނެވެ. ޝިޔާމް ވިދާޅުވި ގޮތުގައި މަޖިލިހުގައި މިފަދަ މައްސަލަތަކާ ގުޅިގެން އެންމެ އަޑުހަރުކޮށް ވާހަކަދައްކަވާ ބޭފުޅުން މިހާރު މަޖިލިހުން ނުފެންނަ ކަމުގައެވެ. ޤާނޫނުތައް އެބަހުރި ކަމުގައާއި، މިހާރު ފޭލިވެގެން މިއުޅެނީ ޤާނޫނުތައް ތަންފީޒުކުރަން ތިބި ފަރާތްތައް ކަމުގައި ޝިޔާމް ވިދާޅުވިއެވެ. އަދި އިންސާފާއި އިންސާނީ ޙައްޤުތައް ނުލިބިގެން އުޅޭ ސަބަބަކީ އެއީ ކަމުގައިވެސް ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި މައްސަލަ އުޅެނީ މިހާރު ޤާނޫނު ތަންފީޒުކުރަން ތިބި ފަރާތްތައް އެކަނި ނޫން ކަމުގައެވެ. މިހާރު ފެންނަ މަންޒަރަކީ ޤާނޫނު ހަދައި ފަރުމާކުރުމަށް ތިބި ފަރާތްތަކުންވެސް ވަކި ބާވަތެއްގެ މައްސަލަތަކަށް އިންތިހާއަށް ނުފޫޒު ފޯރުވާތަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންސާނީ ޙައްޤުތަކާއި އިންސާފު މިހާރު ހުރީ އާދައިގެ ދިވެހި ރައްޔިތުންނަށް ލިބޭ ހިސާބެއްގައި ނޫން ކަމަށްވެސް ޝިޔާމް ތުހުމަތުކުރެއްވިއެވެ. އަދި އަންހެން ދަރިން އިއްފަތްތެރިކަމާއެކު ބޮޑުކޮށްފައި މީހަކާ ދެވުމަކީ މައިންބަފައިންގެ ހުވަފެން ކަމުގައި ބައެއް މެންބަރުން ވިދާޅުވުމުން އެކަމަށް ރައްދުދެއްވައި ޝިޔާމް ވިދާޅުވީ ޙަޤީޤަތުގައި ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތްކޮށްދީ ދައުލަތް ބިނާކުރަން ދަރިން ބިނާކުރުން ކަމުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ